ކަނޑުގައި ސޯލާ މަޝްރޫއު ހިންގާ ޗައިނާ ކުންފުނިތައް ރާއްޖެ ގެންނަން މަސައްކަތްކުރަނީ
މިހާރު
30 އޯގަސްޓު 2025 | ހޮނިހިރު | 10:32
ކަނޑުގައި ފްލޯޓިން ސޯލާ މަޝްރޫއުތައް ހިންގައިގެން އަވިން ހަކަތަ އުފެއްދުމުގައި ޗައިނާއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި، ރާއްޖޭގައި ވެސް އެފަދަ މަޝްރޫއުއެއް ހިންގުމަށް ޗައިނާގެ ކުންފުނިތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކާއި ތިމާވެށި ހިމާޔަތްކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއިން އިސް ދައުރެއް އަދާކުރަމުންދާ ކަމަށެވެ.
ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ތިމާވެށީގެ ރޮނގުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.