އެމްޔޫ މަނިކަކީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެއް: ގާސިމް

މިހާރު

30 އޯގަސްޓު 2025 | ހޮނިހިރު | 12:49

އާލާސްކަންފުޅު ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އަވަހާރަވި، ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ) އަކީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެއް ކަމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަވާފައިވާ އެމްޔޫ މަނިކު އުމުރުން 78 އަހަރުގައި އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް، އެ ގައުމުގެ ގަޑިން މިއަދުގެ ހެނދުނު 6:30 ގަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެކި ހަރުފަތްތަކުގައި ހީވާގިކަމާއި ކެރުންތެރިކަމާ އެކު މަސައްކަތް ކުރައްވަމުން އައި އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގައި ޓޫރިޒަމް ސިނާއަތުގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް ވިދާޅުވީ، އެމްޔޫ މަނިކަކީ ގައުމަށް ނުހަނު ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް އެއީ ގާސިމާ އެކުގައި މަސައްކަތް ކުރެއްވި ގާތް އެކުވެރިއެއްކަން ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް