އީސީގެ ވޯކް-އިން އިންޓަވިއު އަށް 100 އަށް ވުރެ ގިނަ މީހުން ހިނގައްޖެ
މިހާރު
30 އޯގަސްޓު 2025 | ހޮނިހިރު | 7:07
އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތަށް މުވައްޒަފުން ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދާ ވޯކް-އިން އިންޓަވިއުއަށް އިއްޔެ 100 ވުރެ ގިނަ މީހުން ހިނގައްޖެ އެވެ.
އީސީގެ ވެބްސައިޓުގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ދެ ދުވަހަށް ކުރިއަށް ގެންދާ ވޯކް-އިން އިންޓަވިއުގެ ތެރެއިން އިއްޔެ ބޭއްވި ސެޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ކަލާފާނު ސްކޫލްގައި އިއްޔެ ބޭއްވި ވޯކް-އިން އިންޓަވިއުއަށް 100 އަށް ވުރެ ގިނަ މީހުން ދިޔަ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުން ކަމަށާއި އެންމެ ގިނައިން ފޯމު ހުށަހަޅާފައި ވަނީ އޮފިސަރުންނަށާއި ސީނިއާ އޮފިސަރުންގެ މަގާމަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.