އިޒްރޭލުގެ ހަމަލާއެއްގައި ހޫތީންގެ ބޮޑުވަޒީރު އަވަހާރަވިކަން ކަށަވަރުކޮށްދީފި

މިހާރު

30 އޯގަސްޓު 2025 | ހޮނިހިރު | 9:12

އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ޔަމަނަށް ދިން ހަމަލާތަކުގައި ހޫތީންގެ ބޮޑުވަޒީރު އަހްމަދު ޣާލިބް ނާސިރު އައް ރަހައުވީ އާއި އިސް އެހެން ބައެއް އޮފިޝަލުން އަވަހާރަވެފައިވާކަން އެ ޖަމާއަތުން މިއަދު ކަށަވަރުކޮށްދީފި އެވެ.

މިއީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދެމުން ދާއިރު ޔަމަނަށް ދޭތެ ދޭތެރެއިން ދޭ ހަމަލާތަކުގައި މިހާތަނަށް އަވަހާރަވި އެންމެ އިސް އޮފިޝަލެވެ.

"ދުޝްމިން މުޖުރިމު އިޒްރޭލުން ދިން ހަމަލާއެއްގައި މުޖާހިދު އަހްމަދު ޣާލިބް ނާސިރު އައް ރަހައުވީ ... އެ މަނިކުފާނުގެ ބައެއް މިނިސްޓަރުންނާ އެކު އަވަހާރަކޮށްލާފައިވާކަން އިއުލާނުކުރަން،" ހޫތީން ނެރުނު ބަޔާނުގައިވެ އެވެ.

މައުޟޫޢުތަށް