ޑިލެޕް އަށް އަނިޔާ؛ ޖެކްސަންގެ ރެކޯޑް އަގުގެ ލޯން ޑީލް ކެންސަލް

މިހާރު

30 އޯގަސްޓު 2025 | ހޮނިހިރު | 11:31

ލަންޑަން (އޮގަސްޓް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މިރޭ އަމިއްލަ ދަނޑުގައި 2-0 އިން ފުލަމް ބަލިކުރި މެޗުގައި، ޗެލްސީގެ ފޯވާާޑް ލިއަމް ޑިލެޕް އަށް އަނިޔާވުމާ ގުޅިގެން، ނިކޮލަސް ޖެކްސަން ލޯނު އުސޫލުން ބެޔާން މިއުނިކަށް ނުފޮނުވާން ޗެލްސީ ނިންމައިފި އެވެ.

ރެކޯޑް ލޯން ފީއެއް ކަމަށްވާ 13 މިލިއަން ޕައުންޑަށް ޖެކްސަަން ބެޔާން މިއުނިކަށް ފޮނުވަން ޗެލްސީން ކުރިން އެއްބަސްވި އެވެ. މީގެ އިތުރުން 56.2 މިލިއަން ޕައުންޑަށް އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް ވެސް ޗެލްސީން ވަނީ ބެޔާންއާ އެކު އެއްބަސްވެފަ އެވެ.

ނަމަވެސް މިރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ޑިލެޕްގެ ފަލަމަސްގަނޑަށް ކުރިމަތިވި އަނިޔާއާ ގުޅިގެން، ޗެލްސީގެ ލީޑާޝިޕާއި ކޯޗު އެންޒޯ މަރެސްކާގެ މަޝްވަރާތަކަށް ފަހު ކްލަބުން ނިންމީ އުމުރުން 24 އަހަރުގެ ޖެކްސަން ޓީމުގައި މަޑުކުރުވުމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޖެކްސަން ވަނީ 2033 ގެ ނިޔަލަށް ޗެލްސީގައި ހުންނަން ކޮންޓްރެކްޓް އާކޮށްފަ އެވެ.

މައުޟޫޢުތަށް