ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް!
މިހާރު
31 އޯގަސްޓު 2025 | އާދިއްތަ | 12:04
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިކުރާނީ ރާއްޖޭގެ އެކި ހިސާބަަށް އެކި ދުވަސްތަކުގައި ކަމަށެވެ.
އެގޮތުން އަންނަ އަންގާރަ ދުވަހާ ހަމައަށް އުތުރާއި މެދުރާއްޖެތެރެ އަށް މޫސުން ގޯސްވާނެ ކަމަށާއި އެ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.