ދީމާގެ ރެކޯޑަށް ނިމުން ގެނެސް ރަފާ ގައުމީ ތަށި ކާމިޔާބު ކޮށްފި
މިހާރު
31 އޯގަސްޓު 2025 | އާދިއްތަ | 1:18
ވިދިވިދިގެން ހަ ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރަން ނުކުތް، ފާތިމަތު ދީމާ އަލީ ބަލިކޮށް، ގައުމީ ޓީޓީ ޗެމްޕިއަންކަން އާއިޝަތު ރަފާ ނާޒިމު ހޯދައިފި އެވެ.
މީގެ ކުރިން ރަފާ، ވަނީ ގައުމީ ތަށި ދެ ފަހަރު ހޯދައިފަ އެވެ. ގައުމީ ތަށި މިލްކު ކުރަން ރާފާ 2019 ގައި ނުކުތުމުން ތައްޓަށް ހުރަސް އެޅީ ދީމާ އެވެ.
އޭގެ ފަހުން މިދިޔަ ފަސް ފަހަރު ވެސް ގައުމީ ތަށި ދީމާ ކާމިޔާބު ކުރީ ފައިނަލުގައި ރަފާ ބަލި ކުރުމަށް ފަހު އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ގައި މުބާރާތް ބާއްވާފައެއް ނުވެ އެވެ.