މިދިޔަ މަހު ތެލުގެ އިމްޕޯޓު އިތުރުވެއްޖެ
މިހާރު
31 އޯގަސްޓު 2025 | އާދިއްތަ | 1:13
މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި ތެލުގެ މިންވަރު ފާއިތުވި ދެ މަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއަށް މިދިޔަ މަހު ވަނީ 923 މިލިއަން ރުފިޔާގެ ތެޔޮ އިމްޕޯޓުކޮށްފަ އެވެ.
ތެލުގެ އިމްޕޯޓް އަދަދު އިތުރުވި މިންވަރު ވަޒަންކުރާއިރު، ޖޫން މަހު އެ އަދަދު 777 މިލިއަން ރުފިޔާގައި ހުރިއިރު، އޭގެ ކުރީ މަހު އެ އަދަދު ހުރީ 790 މިލިއަން ރުފިޔާގަ އެވެ.