ޝައްފާން އެނބުރި އައިސް ގައުމީ ތަށި އަލުން ކާމިޔާބު ކޮށްފި

މިހާރު

31 އޯގަސްޓު 2025 | އާދިއްތަ | 1:01

މިދިޔަ އަހަރު ގައުމީ މުބާރާތުން ނުފެނުނު މުހައްމަދު ޝައްފާން އިސްމާއީލް އެނބުރި އައިސް ގައުމީ މުބާރާތުގެ ތަށި ކާމިޔާބު ކޮށްފި އެވެ.

މިދިޔަ އަހަރު މުބާރާތުގައި ޝައްފާން ވާދަ ނުކުރެ އެވެ. އޭރު އޭނާ ހުރީ ޓީޓީގެ ތަމްރީނު ޕްރޮގްރާމެއްގައި އިންޑިއާގެ ނިއުދިއްލީގަ އެވެ.

އޭގެ ކުރީގެ ދެ އަހަރު ވެސް ގައުމީ މުބާރާތުގެ ތަށި ހޯދީ ޝައްފާނެވެ. އެ ދެ ފަހަރު ވެސް އޭނާ ކާމިޔާބު ހޯދީ ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް ބަލި ކުރުމަށް ފަހު އެވެ.

މައުޟޫޢުތަށް