އިންޑިއާ-ޗައިނާ ބޭނުމީ ވާދަވެރިކަން ދޫކޮށް ބައިވެރިންނަށް ވާން!
މިހާރު
31 އޯގަސްޓު 2025 | އާދިއްތަ | 9:42
އިންޑިއާ އާއި ޗައިނާގެ އިމުގެ މައްސަލައިގައި ޒަމާނުންސުރެ އޮންނަ ނުތަނަވަސްކަން ކުޑަވެ މިހާރު އިތުރުބާރު އުފެދި ގުޅުން ބަދަހިވަމުން އަންނަ ކަމަށް އެ ދެ ގައުމުގެ ވެރިން މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބައްދަލުކުރައްވައިފަ އެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި މޯދީ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ޗައިނާ އާއި އިންޑިއާ އަކީ ވާދަވެރިންގެ ބަދަލުގައި ބައިވެރިންގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް މި ބައްދަލުވުމުގައި ޝީ މޯދީ އަށް ދެންނެވި އެވެ. އަދި މޯދީ ވަނީ އެ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތީ "ސުލްހަ އާއި ހަމަޖެހުމުގެ މާހައުލެއް" ކަމަށް ވިދާޅުވެފަ އެވެ.