އަހަރެމެން ތިބީ ކުޅެން ހަނދާން ނެތިފައި: ގާޑިއޯލާ
މިހާރު
1 ސެޕްޓެމްބަރު 2025 | ހޯމަ | 10:10
މެންޗެސްޓާ (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ރޭ 2-1 އިން ބްރައިޓަން އަތުން ބަލިވި މެޗުގެ ވަކި ހިސާބަކުން މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ތިބީ ކުޅެން ހަނދާން ނެތިފައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ހަފްތާ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-0 އިން ބަލިވި މެޗަށް ފަހު، ރޭގެ ފުރަތަމަ ހާފުގައި އާލިން ހާލަންޑްގެ ގޯލަކުން ސިޓީ ވަނީ ފުރަތަމަ ހާފު ލީޑު ކޮށްފަ އެވެ. ނަމަވެސް ބްރައިޓަން ވަނީ ފަހު ހާފުގައި ނަތީޖާ ބަދަލު ކޮށްލައިފަ އެވެ.
"އެ ޕެނަލްޓީ. [އެއަށް ފަހު] އަހަރެމެން ކުޅެން ހަނދާން ނެތުނީ،" ބްރައިޓަން ނަތީޖާ އެއްވަރުކުރަން ކާމިޔާބުކުރި ޕެނަލްޓީއަށް ފަހު ސިޓީގެ ކުޅުންތެރިންނަށް އޭގެ އަސަރު ކުރިކަން ހާމަކުރަމުން ގާޑިއޯލާ ބުންޏެވެ.