ގޯޑަން ރަމްޒީ ހަމުގެ ކެންސަރަށް ފަރުވާކުރަނީ
މިހާރު
1 ސެޕްޓެމްބަރު 2025 | ހޯމަ | 10:33
އިނގިރޭސިވިލާތުގެ މަޝްހޫރު ޝެފް ގޯޑަން ރަމްޒީ ހަމުގެ ކެންސަރަށް ފަރުވާކުރަމުން އަންނަކަން އޭނާ ހާމަކޮށްފި އެވެ.
އުމުރުން 58 އަހަރުގެ ގޯޑަން ހަމުގެ ކެންސަރަށް ފަރުވާކުރަމުން އަންނަކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމްގައި މިދިޔަ ހޮނިހިރު ދުވަހު ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އޭނާގެ ކާނަތު ކަންފަތުގެ ތިރީގައި އަޅާފައި ހުރި ބޭސްގަނޑު ފެންނަ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓުގައި ގޯޑެން ބުނީ އޭނާގެ ހަމުގައި އުފެދިފައި ހުރި ކެންސަރުގެ ބާވަތެއް ކަމަށްވާ "ބޭސަލް ސެލް ކާސިނޯމާ" ނަގައި ފަރުވާދިން ލަންޑަންގެ ދަ ސްކިން އެސޯސިއޭޓްސްއަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެންމެން ވެސް އަތްވަށް ނުކުންނައިރު ސަންސްކްރީން ބޭނުންކުރަން އޭނާގެ ޕޯސްޓުގައި ބުންޏެވެ.