ޖަންކޫކްގެ ގެޔަށް ވަގަށް ވަންނަ އުޅުނު އަންހެނަކު ހިފެހެއްޓުމުން ބުނީ ރައްޓެއްސެއް ކައިރިއަށް ކަމަށް

މިހާރު

1 ސެޕްޓެމްބަރު 2025 | ހޯމަ | 10:04

ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބީޓީއެސް ބޭންޑުގެ މެމްބަރު ޖަންކޫކްގެ ގެޔަށް ވަގަށް ވަންނަން އުޅުނު އިތުރު އަންހެނަކު ހިފަހައްޓައިފި އެވެ.

ޖަންކޫކްގެ ގެއަށް ވަގަށް ވަންނަން އުޅުނު 30 އަހަރުން މަތީގެ އަންހެނަކު މިދިޔަ ޖޫން މަހު ވެސް ހިފަހައްޓާފައިވެ އެވެ. މިފަހަރު ހިފެހެއްޓީ 40 އަހަރުގެ އަންހެނެކެވެ.

ދެކުނު ކޮރެއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، މިފަހަރު އަންހެނަކު ހިފެހެއްޓީ ޖަންކޫކް ދިރިއުޅޭ އިމާރާތުގެ އަންޑަގްރައުންޑް ޕާކިން ލޮޓަށް ވަގަށް ވަދެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަނިކޮށެވެ. އޭނާ އެ ޕާކިން ލޮޓަށް ވަނީ އެތަނަށް ވަތް ކާރެއްގެ ފަހަތުގައި އެލިގަނެގެން އޮވެގެންނެވެ.

މައުޟޫޢުތަށް