ކުޅުދުއްފުށީ ފަރަށް އެރި ކެލާގެ ބޯޓު ފުންކޮށްފި
މިހާރު
1 ސެޕްޓެމްބަރު 2025 | ހޯމަ | 11:51
ހދ. ކުޅުދުއްފުށީ ފަރަށް އިއްޔެ ހަވީރު އެރި ހއ. ކެލާ ބޯޓު މިއަދު ފުން ކޮށްފި އެވެ.
މުދާ އުފުލާ، ޑީއެމްއެލް އެކްސްޕްރެސް 5، ފަރަށް އެރީ ކުޅުދުއްފުށިން އިންޖީނު ހެދުމަށް ފަހު ކެލައަށްދާން އެ ރަށު ފަޅުން ނުކުންނަން އުޅެނިކޮށް އިންޖީނު ހުއްޓިގެންނެވެ.
ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށް އެރި ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާކަން ކުޅުދުއްފުށީ ކައުންސިލުން ވަނީ ޔަގީން ކޮށްދީފަ އެވެ. އެ ބޯޓު އޮތީ އެ ރަށުގެ އެމްޕީއެލް ބަނދަރަށް ގެންގޮސްފަ އެވެ.