ވިނަރެސްގައި ހުންނަ އެޗްޑީސީ ކަސްޓަމާ ކެއާ އޮފީހުން ބިލްތައް ބަލައިގަންނަން ފަށައިފި
މިހާރު
1 ސެޕްޓެމްބަރު 2025 | ހޯމަ | 1:39
ވިނަރެސްގެ ހަ ވަނަ ޓަވަރުގައި ހުންނަ އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހުން ބިލުތައް ބަލައިގަންނަން ފަށައިފި އެވެ.
އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވިނަރެސްގައި އެޗްޑީސީގެ އޮފީހެއް ހުޅުވީ މިދިޔަ މެއި މަހު އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ހުޅުވި މިތަނުން އެކި އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްތައް މިހާރު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެެވެ.