އެމްއެޗްއޭގައި ސެޕްޓެމްބަރު މަހަށް ހާއްސަ ޑީލްތަކެއް

މިހާރު

1 ސެޕްޓެމްބަރު 2025 | ހޯމަ | 3:05

އެމްއެޗްއޭއިން ސެޕްޓެމްބަރު މަހަށް ހާއްސަކޮށް އެ ފިހާރައިން ވިއްކާ އެކި ޕްރޮޑަކްޓުތަކުން ދޭ ޑީލްތައް އިއުލާންކޮށްފި އެވެ.

އެމްއެޗްއޭ އިން މި މަހުގެ ޑީލްތައް ހާއްސަކޮށްފައި ވަނީ ރާމެން، ފްރޯޒަން ޕިއްޒާ، އައިސްކްރީމް އަދި ޕާސްތާއަށެވެ. މި މަހު އެމްއެޗްއޭ އިން ރާމެންއަށް ދެނީ "ބައި 1 ގެޓް 1 ފްރީ" ޑީލެކެވެ. މި ޑީލްގެ ދަށުން އޮޓޮގީގެ އެންމެ މަގުބޫލު ފްލޭވާތަކުގެ ތެރޭގައި ހިމެނޭ ޗީޒް ރާމެން، ޖިން ރާމެންގެ މައިލްޑް އެންޑް ސްޕައިސީ އަދި ކިމްޗީ ރާމެން، ސްޓާ ފްރައި ޗީޒް ރާމެން، ޔޫލް ރާމެން ޕެކެޓެއް ގަތމުން ޖިން ރާމެން ސްޕައިސީ ތައްޓެއް ހިލޭ ލިބޭނެ އެވެ.

މި މަހަށް ހުށަހަޅާފައިވާ ދެ ވަނަ ޑީލްގެ ދަށުން އެމްޗްއޭ އިން "ޑރ. އޮޓްކާ ރިސްޓޮރަންޓޭ" އާއި "ޓްރެޑީޒިއޯނާލޭ"ގެ އެކި ފްލޭވާތަކުގެ ޕިއްޒާ 99ރ. އަށް ލިބޭނެ އެވެ. ޑރ. އޮޓްކާ ރިސްޓޮރަންޓޭގެ ފްރޯޒަން ޕިއްޒާ ފްލޭވާތަކުގެ ތެރޭގައި މާގަރީތާ، މޮޒަރެއްލާ، ޕެޕަރޯނީ، ސްޕިނެޗް، ސްޕެޝާލް އަދި "ޓްރެޑީޒިއޯނާލޭ" ބްރޭންޑުގެ މޮޒަރެއްލާ އެންޑް ޕެސްތޯ އަދި ސްޕިނެޗް އެންޑް ރިކޮޓާ ހިމެނެ އެވެ.

މައުޟޫޢުތަށް