އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!

މިހާރު

1 ސެޕްޓެމްބަރު 2025 | ހޯމަ | 3:11

މިދިޔަ މަހު އުރީދޫން ފެށި މަސް ރޭހުގައި އިއުލާނުކުރި ޑިޖިޓަލް މަސް ރޭހުގެ ގޭމު ބުދަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިއީ މަސް ރޭހާއި މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް ނެރުނު ގޭމެއް ކަމަށެވެ. މި ގޭމުގައި މިއަހަރު އުރީދޫ މަސް ރޭހުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް ވެސް ބޭނުން ޓީމެއް ހިޔާރުކޮށް، ގޭމު ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. މި ގޭމުގައި މަސް ހިފުމަށް ޓެޕްކޮށް، ޕޮއިންޓް އެއްކޮށްގެން ލީޑާބޯޑުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މި ގޭމުގައި ޑިޖިޓަލީ ބާނާ ކޮންމެ މަހަކަށް އެއް ޕޮއިންޓް ލިބޭއިރު، މުބާރާތުގެ މުއްދަތުގެ ތެރޭގައި ކުޅުންތެރިންނަށް ލީޑާބޯޑުގެ ކުރިއަށް އެރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ގޭމުގެ ވަނަތަކަށް ދާ ފަރާތްތައް ރާއްޖޭގެ އެންމެ ބޮޑު އެއް ފިޝިން ޓެކްލް ފިހާރަ، ހައި ފިޝިން ޓެކެލްގެ ފަރާތުން ޕްރިމިއަމް ފިޝިން ގިއާ ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އެ ފިހާރައިން ގޭމުގެ އެއް ވަނަ ކުޅުންތެރިއަކަށް ޑައިވާ ސަލްޓިގާ 2025 ރީލްއެއް ހުށަހަޅާފައި ވާއިރު ދެ ވަނަ އަދި ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ރޮޑެވެ.

މައުޟޫޢުތަށް