ވޭޕް މައްސަލަތަކުގައި މިދިޔަ މަހު 30 މީހުން ޖޫރިމަނާ، އަދަދު 150،000ރ. އަށް އަރާ

މިހާރު

1 ސެޕްޓެމްބަރު 2025 | ހޯމަ | 5:42

ވޭޕާ ގުޅުން ހުރި ތަފާތު މައްސަލަތަކާ ގުޅިގެން މިދިޔަ އޮގަސްޓް މަހު 30 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ހަމައެކަނި އެ ޖޫރިމަނާތަކުގެ އަދަދު 150،000ރ. އަށް އަރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން ފުލުހުން އަންނަނީ ވޭޕް ގެންގުޅުމާއި ބޭނުން ކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭޕާ ގުޅުން ހުރި 11 މައްސަލައެއް މިދިޔަ މަހު ބަލާފައިވެ އެވެ. އޭގެ ތެރޭގައި ވޭޕް ގެންގުޅުނު ހަތަރު މައްސަލައަކާއި ވޭޕް ބޭނުންކުރުމުގެ ހަތަރު މައްސަލައެއް ހިމެނެ އެވެ.

މައުޟޫޢުތަށް