ނޫސްވެރިންނަށް އިންޒާރު ދޭ ކަމަށް ބުނުމުން ކޮމިޓީން އެކަން ބަލަން ފާސްކޮށްފި

މިހާރު

1 ސެޕްޓެމްބަރު 2025 | ހޯމަ | 8:54

ނޫސްވެރިންނަށް މަރުގެ އިންޒާރާއި ނުރައްކާތެރިކަން ކުރިމަތިވަމުންދާ ކަމަށް ބުނެފައިވާތީ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު ދިރާސާ ކުރުމުގެ ތެރެއިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ނޫސްވެރިން ހާޒިރުކޮށް، މިއަދު ހިޔާލު ހޯދައިފަ އެވެ.

ކޮމިޓީގައި ވާހަކަ ދެއްކި ބައެއް ނޫސްވެރިން ވަނީ އެ މީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށާއި ނޫސްވެރިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އެކި ކަހަލަ އިންޒާރުތައް ދެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މައުޟޫޢުތަށް