ޗަމްޕާގެ ޖަވަކަރާގައި ހުޅުވި މެރިން ރިސާޗު ސެންޓަރާ އެކު މުހިންމު ދިރާސާތަކެއް

މިހާރު

2 ސެޕްޓެމްބަރު 2025 | އަންގާރަ | 7:28

ކްރައުން އެންޑް ޗަމްޕާ އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި މެރިން ރިސާޗު ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.

މި ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ތިމާވެއްޓާއި ޓޫރިޒަމާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.

އެ ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ އެ ކުންފުނީގެ ރިސޯޓުތަކުން ހިދުމަތް ދެނީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްގީ އަށް ވަރަށް ބޮޑަށް އަމާޒު ކޮށްގެން ކަމަށެވެ. މިހާރު ވެސް އެ ކުންފުނީގެ ރިސޯޓުތަކުގައި ބޭނުންކުރާ ކަރަންޓުގެ 30-40 ޕަސެންޓަކީ ސޯލާ ޕެނަލްގެ އެހީގައި އަވިން އުފައްދާ ހަކަތަ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް