ޗެލްސީގެ ނިންމުން ބަދަލުކޮށް ޖެކްސަން ބެޔާނަށް ފޮނުވާލަނީ
މިހާރު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:39
ލަންޑަން (ސެޕްޓެމްބަރު 2) - ޗެލްސީން އެ ޓީމުގެ ސެނެގާލް ފޯވާޑް ނިކޮލަސް ޖެކްސަން ފަހު ވަގުތު ކްލަބުގައި ބަހައްޓަން ނިންމި ނިންމުން ބަދަލުކޮށް، އޭނާ ލޯނުގައި ބެޔާން މިއުނިކަށް ފޮނުވާލައިފި އެވެ.
ޗެލްސީގެ ފޯވާޑްލިއަމް ޑިލެޕް އަށް އަނިޔާވެ، ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެތީ، 13 މިލިއަން ޕައުންޑްގެ ލޯނުގެ ޑީލް ކެންސަލް ކުރަން ނިންމި ނަމަވެސް ޗެލްސީ މި ފަހަރު އެއްބަސްވީ 14.3 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ހަމަ އެއާ އެކު، ކުރިން ވެސް އޮތް، ވަކި މިންވަރަކަށް މެޗު ކުޅެވުމުން 56.2 މިލިއަން ޑޮލަރަށް އެއްބަސްވުން ދާއިމީ ކުރުން ވެސް އެއްބަސްވުމުގައި ހިމެނެ އެވެ.
ސްޕެއިންގެ ވިޔަރެއާލުން 32 މިލިއަން ޕައުންޑަށް 2023 ގައި ގެނައި ޖެކްސަން ވަނީ 81 މެޗުން 30 ގޯލު ޖަހައިދީފަ އެވެ.