ބެލްޖިއަމުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
މިހާރު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 7:07
މި މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ބެލްޖިއަމުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފި އެވެ.
"އދ.ގެ ބައްދަލުވުމުގައި ބެލްޖިއަމުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނަން. އަދި އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނަން،" ބެލްޖިއަމްގެ ފޮރިން މިނިސްޓަރު މެކްސިމް ޕްރެވޯޓް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ މި މަހުގެ 9 އިން 23 އަށް ނިއު ޔޯކްގައި ބާއްވަން ހަމަޖެހިފައިވާ އދ.ގެ ބައްދަލުވުމުގައި ފަލަސްތީނުގެ ދައުލަތެއް ފްރާންސުން ބަލައިގަންނާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ. ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރަން އޭނާ އެދިވަޑައިގެންފައިވެ އެވެ.