ހުޅުމާލެ2 ގައި އިތުރު ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި

މިހާރު

2 ސެޕްޓެމްބަރު 2025 | އަންގާރަ | 12:50

ހުޅުމާލެ 2 ގައި އިތުރު ދެ މިސްކިތް އަޅަން ސޮއިކޮށް، އިސްލާމިކް މިނިސްޓްރިއާ މިއަދު ބިން ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އޭގެ ތެރެއިން އެއް މިސްކިތް އަޅަނީ ލޮޓް ނަމްބަރު 22221ގަ އެވެ. ބޮޑުމިނުގައި 27920 އަކަ ފޫޓު ހުންނަ އެ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް