އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ 41 ޕަސެންޓް އަނބުރާ ނުލިބޭ: އޮޑިޓް ރިޕޯޓް
މިހާރު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 7:30
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާން ކުރީގެ ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުގެތަކުގެ 41 ޕަސެންޓް ލޯނު ހުރީ އެއްވެސް ފައިސާ ނުލިބި "ނަން ޕާފޯމިން އެސެޓް" ތަކަށް ބަދަލުވެފައި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ކޮމްޕްލަޔަންސް އޮޑިޓަށްފަހު އާއްމުކުރި ރިޕޯޓްގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ 1.3 ބިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން 554 މިލިޔަން ރުފިޔާގެ ލޯނު ގަވާއިދުން އަނބުރާ ނުދައްކާތީ 90 ދުވަސްވުމުން ނަން ޕާފޯމިން އެސެޓްތަކަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެއީ އެސްއެމްއީ ބޭންކުން އެހާތަނަށް ދޫކުރި ލޯނުތަކުގެ 41 ޕަސެންޓެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ އެސްޑީއެފްސީން އެ މުއްދަތުގައި 827 ފަރާތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާގެ އަދަދަކީ 878 މިލިޔަން ރުފިޔާ ކަމަށް ވާއިރު، ގަވާއިދުން ފައިސާ ނުދައްކާތީ އޯވަޑިއު ވުމުގެ ސަބަބުން އިތުރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 151 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.