އަފްޣާނިސްތާނުގެ ބިންހެލުމުގައި މަރުވި އަދަދު 1400 އަށް
މިހާރު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 4:21
އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،400 އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
މެގްނިޓިއުޑް 6.0 ގައި ހުރި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ޕާކިސްތާނުގެ ބޯޑަރާ އިންވެގެން އޮންނަ ކުނާރު ޕްރޮވިންސަށެވެ.
ފުން ވާދީތަކުގައި އާދައިގެ ގޮތަކަށް ހަދާފައިވާ މަށީގެ ގެތައް ވެއްޓި ބައެއް އަވަށްތައް އެއްކޮށް ބިމާ ހަމަވެފައި ވާއިރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެކަމަކު ބިންހެލުމުގެ ގެއްލުންތައް ވެފައިވަނީ އެކަހެރި ހިސާބަކަށް ކަމަށް ވެފައި މަގުތައް ބަންދުވެފައި ވާތީ އެހީގެ މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.