ކެޕިޓަލް ހަރަދުތައް ދަށްވުމުން، ދައުލަތުގެ ޖުމްލަ ހޭދަ 15 ޕަސެންޓު ކުޑަ

މިހާރު

3 ސެޕްޓެމްބަރު 2025 | ބުދަ | 10:12

މި އަހަރުގެ ދައުލަތުގެ ބަޖެޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.6 ޕަސެންޓު ކުޑަވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 15.6 ޕަސެންޓު ދަށް އަދަދެކެވެ.

އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 1.7 ޕަސެންޓު ކުޑަކޮށްފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 57.4 ޕަސެންޓުން ދަށްވެފަ އެވެ.

މައުޟޫޢުތަށް