"އެލައިޑް ފެސްޓް" ފުވައްމުލަކުގައި ބާއްވައިފި

މިހާރު

3 ސެޕްޓެމްބަރު 2025 | ބުދަ | 2:41

އެލައިޑް އިންޝުއަރެންސް އިން ރަށްރަށުގައި ބާއްވަމުންދާ ކޮމިއުނިޓީ އިވެންޓް ކަމަށްވާ "އެލައިޑް ފެސްޓް"ގެ ތިން ވަނަ ހަރަކާތް މިދިޔަ ހުކުރު ދުވަހު ފުވައްމުލަކުގައި ބާއްވައިފި އެވެ.

އެ ހަރަކާތަކީ އެލައިޑުގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް މެދުވެރިކޮށް ފައިނޭޝަލް ޕްލޭނިން ހެދުމަށް އެހީތެރިވެދީ، އެކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން ބާއްވަމުންދާ ހަރަކާތެކެވެ. އެލައިޑުން ބުނީ އެ ހަރަކާތުގެ މަގުސަދަކީ މަޖާ މާހައުލެއްގައި އާއިލާތަކަށް ފައިނޭންޝަލް ޕްލޭނިންއާ ގުޅޭ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ.

ކުޑަކުދިންނަށް ހާއްސަ، އެކި ގޭމުތަކާ އެކު އެލައިޑުން ފުވައްމުލަކުގައި ބޭއްވި "އެލައިޑް ފެސްޓު" ހަރަކާތުގައި 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އަދި އެ ހަރަކާތުގައި ތަފާތު އެކި ކާބޯތަކެތި ވިއްކާ 10 ސްޓޯލް ވެސް ހުއްޓެވެ.

މައުޟޫޢުތަށް