ނިއު ލެގޫންގެ 40 އަށް ވުރެ ގިނަ ފެތުންތެރިން ތައިލެންޑްގެ މުބާރާތަށް

މިހާރު

3 ސެޕްޓެމްބަރު 2025 | ބުދަ | 1:31

ނިއު ލެގޫން ސްވިމިން ކްލަބްގެ 40 އަށް ވުރެ ގިނަ އެތުލީޓުން ތައިލެންޑްގައި ބާއްވާ އޭޝިއާގެ ސްކޫލް އިންވިޓޭޝަނަލް ފެތުމުގެ މުބާރާތުގައި ވާދަކުރަން ފުރައިފި އެވެ.

އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތަކީ އަމިއްލަ ކްލަބްތަކަށާއި އެކަޑަމީތަކަށް ހުޅުވާލައިގެން ބާއްވާ ޖޫނިއާ މުބާރާތެކެވެ.

މިދިޔަ އަހަރު ވެސް މި މުބާރާތުގައި ރާއްޖޭގެ ބައެއް އެކަޑަމީތަކުން އަމިއްލަ ގޮތުން ބައިވެރި ވެފައި ވެއެވެ. މިފަހަރު އެ މުބާރާތުގައި ރާއްޖޭން ވާދަކުރާނީ ނިއު ލެގޫން އެކަންޏެވެ.

މައުޟޫޢުތަށް