ޓީޓީއެމްގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް
މިހާރު
3 ސެޕްޓެމްބަރު 2025 | ބުދަ | 3:13
ރާއްޖޭގެ އެންމެ ބޮޑު އެއް އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސުން ޓީޓީއެމް މޯލްޑިވްސް 2025 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ، ޓީޓީއެމް އެވޯޑްސް އެންޑް ގާލާ އަދި ޓީޓީއެމް ކަނެކްޓް މީޓިން ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި ބޭއްވި ޓީޓީއެމް އެވޯޑްސް އެންޑް ގާލާ 2025 ގައި ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއިން 28 އެވޯޑް ކެޓަގަރީއަކުން އެވޯޑު ދިނެވެ. އެ ރަސްމިއްޔާތުގައި ބެސްޓް ބީޗް ރިސޯޓްސް އިން ފެށިގެން ޓީޓީއެމް ޓޮޕް ޕްރޮޑިއުސަރުންނާ ހަމައަށް، ދުނިޔޭގެ ޓޫރިޒަމް ލީޑަރަކަށް ރާއްޖޭގެ ފަތުރުވެރިކަން ހެދުމުގެ ހިއްސާވި ފަރާތްތައް ފާހަގަކޮށް އެވޯޑު ދިނެވެ.
އެ ރަސްމިއްޔާތުގައި އެލައިޑުގެ ޗީފް އަންޑާރައިޓިން އޮފިސަރު، އިއުލިއާނާ ރުސޭ ވަނީ އެވޯޑު ލިބުނު ބައެއް ފަރާތްތަކަށް އެވޯޑު ދީފަ އެވެ. ޓީޓީއެމް އެވޯޑްސް އެންޑް ގާލާ އަކީ އިންޑަސްޓްރީގެ އިސްފަރާތްތަކާއި، ބައިނަލްއަގުވާމީ ޕާޓްނަރުންނާއި، ހޮޓެލިއަރުން އެއްތަނަކަށް ގެނެސް، އެ ފަރާތްތައް ފާހަގަކޮށް، ސަގާފީ ހުށަހެޅުންތަކާ އެކު އެ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ހާއްސަ ހަފްލާއެކެވެ.