ސިވިލް ސާވިސްގެ ހިދުމަތުގެ މުއްދަތު ގުނުމުގައި ކުންފުނިތަކާއި އިދާރާތަކަށް ހިދުމަތްކުރި މުއްދަތު ހިމަނަނީ

މިހާރު

3 ސެޕްޓެމްބަރު 2025 | ބުދަ | 4:13

ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނާއިރު ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނައިގެން ގުނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

ސީއެސްސީން ބުނިގޮތުގައި ވަޒީފާ އިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، މިހާރު ސިވިލް ވަޒީފާގައި ތިބި މުވައްޒަފުންގެ އެފަދަ ވަޒީފާއެއްގެ ރެކޯޑެއް އޮތްނަމަ، ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާ ބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ތައްގަނޑު ޖެހުމަށްފަހު، ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އަޕްޑޭޓްކުރަން އެދޭ ކަމަށް ސީއެސްސީން ނެރުނު އިއުލާނުގައިވެ އެވެ.

މައުޟޫޢުތަށް