ހުޅަނގު އައްސޭރިން ބައެއް އިޒްރޭލުން ހިފުމަކީ ރަތް ރޮނގު ހުރަސްކުރުން: ޔޫއޭއީ

މިހާރު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:00

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބައެއްގައި ޔަހޫދީން ވަޒަންވެރިކުރަން ނިންމައި އެ ބައި އިޒްރޭލުގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން ވެގެން ދާނީ ރަތް ރޮނގު ހުރަސްކުރުން ކަމަށްބުނެ، އިޒްރޭލާ ސިޔާސީ ގުޅުން އޮންނަ އަރަބި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެކަން ކުށްވެރިކޮށްފި އެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަ ފޯ ޕޮލިޓިކަލް އެފެއާޒް ލާނާ ނުސެއިބާ ވިދާޅުވީ ހުޅަނގު އައްސޭރިން ބައެއް އަތުލުމަކީ، އަރަބި ގައުމުތަކާއި އިޒްރޭލާ ގުޅުން ގާއިމުކުރުމަށް އަމަލުކުރާ "އަބްރަހަމް އެކޯޑްސް" އާ ވެސް ވަރަށް ބޮޑަށް ހިލާފް އަމަލެއް ކަމަށެވެ.

މިދިޔަ މަހު އިޒްރޭލުން ވަނީ ގުދުސްގެ އިރުމަތީ ސަރަހައްދާ ޖެހިގެން ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ ބޮޑު މަޝްރޫއެއް އިއުލާނުކޮށްފަ އެވެ. ބައިނަލްއަގުވާމީ މުޖުތަމުން ބުނަމުން އަންނަނީ މިއީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މައުޟޫޢުތަށް