ގައުމީ ޓީމުން ޖާގަ ދިނުމުގައި މެޗުތަކުގެ އިތުރުން ކްލަބްގެ ޕްރެކްޓިހުގައި ކުރާ މަސައްކަތަށް ވެސް ބަލަނީ

މިހާރު

3 ސެޕްޓެމްބަރު 2025 | ބުދަ | 11:00

ގައުމީ ޓީމުން ޖާގަ ދިނުމުގައި މެޗުތަކާއި ކްލަބްގެ ޕްރެކްޓިހުގައި ވެސް ކުޅުންތެރިން ދައްކާ ކުޅުމަށް ކުރިއަށް އޮތް ތަނުގައި ބަލާނެކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މީހަން) ބުނެފި އެވެ.

މޯހަންގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމުން ކުރިމަތިލާ ފުރަތަމަ މެޗަށް އޭނާ ވަނީ ސްކޮޑް އެކުލަވާލާފަ އެވެ. ލަންކާގައި އެ ގައުމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްކޮޑް ނެގުމުގައި އެ ޝަރުތުތައް ނުބެލީ މޯހަން ބުނި ގޮތުގައި ޑޮމެސްޓިކް ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް މިދިޔަ ދޮޅު އަހަރު ނުކުޅެ ގައުމީ ޓީމު ނަގަން ޖެހުމުންނެވެ.

މި މަހު ފަށާ އާ ސީޒަނަށް ގިނަ ކްލަބްތަކުން ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ލަންކާއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު ކުޅޭ މެޗުތަކަށް ފަހު އާ ސީޒަނާ ކުޅުންތެރިން ކުރިމަތިލާނެ އެވެ.

މައުޟޫޢުތަށް