ޔޫއެސް އޯޕަން: ސެމީ ފައިނަލްގައި ޖޮކޮވިޗާއި އަލްކަރާޒް

މިހާރު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:04

ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ފުރަތަމަ ފަހަރަށް ނޯވަކް ޖޮކޮވިޗާއި ކާލޯސް އަލްކަރާޒް ވާދަކުރަން ޖެހިއްޖެ އެވެ.

ޖޮކޮވިޗާއި އަލްކަރާޒް ވާދަ ކުރާނީ ސެމީ ފައިނަލުގަ އެވެ. އުމުރުން 38 އަހަރުގެ ޖޮކޮވިޗް މަސައްކަތް ކުރަނީ ރެކޯޑް 25 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމަށެވެ. އަދި އަލްކަރާޒް މަސައްކަތް ކުރަނީ އޭނާގެ ހަވަނަ ގްރޭންޑް ސްލޭމް ތަށި ހޯދާށެވެ.

އަލްކަރާޒް ވަނީ ކުއާޓާގައި ޖީރީ ލެހެޗްކާއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. މި މުބާރާތުގައި މިހާތަނަށް އޭނާ އަތުން އަދި ސެޓެއް ނުގެއްލެ އެވެ. ޖޮކޮވިޗް ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާގައި 3-1 ސެޓުން އެމެރިކާގެ ޓައިލާ ފްރިޓްޒް ބަލިކޮށްފަ އެވެ.

މައުޟޫޢުތަށް