އާދީއްތަ ދުވަހުގެ ރޭ ފުރިހަމަ ހަނދުކޭތައަކާއި "ބްލަޑް މޫން" އެއް

މިހާރު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:27

އަންނަ އާދީއްތަ ދުވަހުގެ ރެޔަކީ މިއިން ޒަމާނަކު ވެސް ނުފެންނާނެ ތަފާތު ގޮތަކަށް އުޑުމަތި ފެންނާނެ ރެޔަކަަށް ވާނެ އެވެ. އެއީ މުޅި އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ވެސް ފުރިހަމަ ހަނދުކޭތައަކާ އެކު "ބްލަޑް މޫން" އެއް ފެންނާނެ ރެއެކެވެ.

އިރާއި ދުނިޔެ އާއި ހަނދު އޮލަނބުވެ ދުނިޔޭގެ ހިޔަނިން ހަނދު ފޮރުވިގެންދާ ކޭތަ ހިފާއިރު އާދީއްތަ ދުވަހުގެ ރޭ ލޭކުލައިން ހަނދު ފެވިގެންދާ ގޮތަށް ވެސް ބައެއް ހިސާބުތަކަށް ފެންނާނެތީ މިއީ އެތައް ހާސް އަހަރެއްގެ ތެރޭގައި ވެސް އަލުން ނުފެންނާނެ ހާލަތެކެވެ.

ހަނދު ކޭތަ ހިފާއިރު ހަނދު ރަތް ކުލައިން ފެންނަނީ ހަނދަށް ލިބޭ އިރުގެ އަލި، ދުނިޔޭގެ ޖައްވުގެ ތެރެއިން ރިފްލެކްޓުވެ ފެތުރިގެން ގޮސް ހަނދަށް ފޯރާތީ އެވެ. އެއީ ރެޑް ވޭވްލެންތުތަކަށް ވުރެ ބްލޫ ވޭވްލެންތުތައް ކުރުވުމުން، ދުނިޔޭގެ ޖައްވުގެ ތެރެއިން ދަތުރުކުރާ އިރު، އެ އަލިކަން ފަސޭހައިން ފެތުރިގެން ދާތީ އެވެ.

މައުޟޫޢުތަށް