ކުޅުދުއްފުށީގައި ޓޫރިޒަމް ތަރައްގީކުރަން ކޮންސަލްޓެންސީގެ ހިދުމަތްދޭނެ ބަޔަކު ހޯދަނީ
މިހާރު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:44
ހދ. ކުޅުދުއްފުށީގައި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ގުދަރަތީ ރީތި ކުޅިއެއް އޮންނަ އަދި އެއާޕޯޓާ އެކު ދަތުރުފަތުރުގެ ފަސޭހަަކަން އޮތް ކުޅުދުއްފުށީގައި ޓޫރިޒަމް ކުރިއަރުވަން މިހާތަނަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނެތެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް 30 ޖުލައިގައި ކުރި އިއުލާނު ބާތިލުކޮށް އަލުން ހުޅުވާލާ ކަމަށެވެ.