ތިން މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކިގެން ގ. ފަނަސް ނީލަމުގައި ވިއްކާލަނީ
މިހާރު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:12
އަމިއްލަ ކުންފުންޏަކަށް މޯލްޑިވްސް އިސްލާމިކް ބެންކުން ނަގާފައިވާ 3.4 މިލިއަން ޑޮލަރު (52.5 މިލިއަން ރުފިޔާ) ނުދައްކައިގެން ގ. ފަނަސް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި އެވެ.
އަމީނީ މަގުގައި އޮންނަ 1،469 އަކަފޫޓުގެ ގޯތި ވިއްކާލަނީ އެ ގޯތި ރަހުނުކޮށް ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ނެގި 3,406,369.50 ޑޮލަރުގެ ލޯނެއް ނުދެއްކިގެންނެވެ. އެ ފައިސާ ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވެ އެވެ.
އެހެންވެ، ލޯނަށް ރަހުނުކޮށްފައިވާ ގ. ފަނަސް ވިއްކާލަން އެމްއައިބީން އިއުލާނުކުރީ އެ ގޯއްޗާއި ގޯތީގައި ހުރި ނުއުފުލޭ މުދަލާ އެކު އެވެ.