އެހެން އަހަރުތަކުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި

މިހާރު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 6:35

އެހެން އަހަރުތަކުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މި ފަހަރު ރާއްޖެ އަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އިއްޔެ ވަނީ މި ސެޕްޓެމްބަރު މަހު ރާއްޖެ އަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު އާންމުކޮށްފަ އެވެ.

އެ އޮފީހުން ލަފާކުރާ ގޮތުގައި، މި ފަހަރު ރާއްޖެ އަށް ވާރޭ ވެހޭ ވަރު އެހެން އަހަރުތަކުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު، އާދަޔާ ހިލާފަށް މަދުވާނެ އެވެ. އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށް ލަފާކުރެވެ އެވެ.

މައުޟޫޢުތަށް