އެމެރިކާގެ އަނީސިމޯވާ، ޕޮލެންޑްގެ ސްވިއާޓެކް އަތުން ބަދަލުހިފައިފި

މިހާރު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 1:36

މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގައި، އަށްވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ އަމަންޑާ އަނީސިމޯވާ، ސީދާ ދެ ސެޓުން ޕޮލެންޑްގެ އީގާ ސްވިއާޓެކް ބަލިކޮށް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އުމުރުން 24 އަހަރުގެ އަނީސިމޯވާ ވަނީ، އޭނާގެ ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލުން މިދިޔަ ޖުލައި މަހު ބަލިވެފަ އެވެ. މިއަހަރުގެ ވިމްބެލްޑަން ފައިނަލްގައި އޭނާ ސްވިއާޓެކް އަތުން ބަލިވީ އެންމެ ގޭމެއް ވެސް ނުލިބި 6-0، 6-0 އިންނެވެ،

ނަމަވެސް ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލްގައި އިއްޔެ އަނީސިމޯވާ ވަނީ ސީދާ ދެ ސެޓުން 6-4، 6-3 އިން ދެވަނައަށް ސީޑް ކޮށްފައިވާ ސްވިއާޓެކް ބަލިކޮށްފަ އެވެ.

މައުޟޫޢުތަށް