ފަނަސް ވިއްކާލަނީ އެމްއެމްޕީއާރްސީން ދޫކުރި ކަޅުދިޔަފުށީގައި ރިސޯޓް ހަދަން ނެގި ލޯނު ނުދެއްކުމުން

މިހާރު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 2:13

ތިން މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނެއް ނުދައްކައިގެން ވިއްކާލަން އިސްލާމިކް ބޭންކުން އިއުލާނުކުރީ އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ތ. ކަޅުދިޔަފުށީގައި ރިސޯޓް ތަރައްގީކުރަން ރަހުނުކުރި، ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން މަނިކު ދޮންމަނިކުގެ ގޯތިކަން އެނގިއްޖެ އެވެ.

ވިއްކާލަން އިއުލާނުކޮށްފައިވާ 1،469 އަކަފޫޓުގެ ގ. ފަނަސް އަކީ އަމީނީމަގުގައި، މަޝްހޫރު އޮޑެގައްލޭ ކެފޭ ވެސް ހިންގާ، ބޮޑު އިމާރާތް ހުންނަ ބިމެވެ.

ބިމާއި އިމާރާތާ އެކު އެ ތަން ވިއްކާން އިސްލާމިކް ބޭންކުން ނީލަން ފަށާ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 30,230,000ރ. އެވެ.

މައުޟޫޢުތަށް