ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް 10 އަހަރު ތެރޭގައި 18.9 މިލިޔަން ރުފިޔާ
މިހާރު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 2:48
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ ތެރެއިން 173 މެންބަރެއްގެ ހެލްތު އިންޝުއަރެންސަށް ވޭތުވެދިޔަ 10 އަހަރު ޖުމްލަ 18.9 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަޖިލީހުގެ ކުރީގެ މެންބަރުންގެ ތެރެއިން މިހާރު 2014 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ނިޔާވި ބައެއް މެންބަރުން ވެސް ހިމެނޭ ގޮތުން 173 މެންބަރަކަށް ޖުމްލަ 18.9 މިލިޔަން ރުފިޔާ ހަރަދުވެފައި ވަނީ ދެ ރޭޓެއްގައި ހެލްތު އިންޝުއަރެންސަށް ދައުލަތުން ދެއްކި ފައިސާއިންނެވެ. އެ ހިސާބުތަކުގައިވާ ގޮތުން 2017 ވަނަ އަަހަރާ ހަމައަށް ހެލްތު އިންޝުއަރެންސަށް ފައިސާ ދައްކަން މެންބަރަކަށް އަހަރަކު ހަރަދުކޮށްފައިވަނީ 12،500ރ. އެވެ. އޭގެފަހުން އަހަރަކު 24،000.ރ ގެ ރޭޓުން ހެލްތު އިންޝުއަރެންސަށް ހަރަދުކޮށްފައިވެ އެވެ.
ނަމަވެސް މީގެ ތެރޭގައި މިހާރު ތިއްބެވި މަޖިލިސް މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް ހަރަދުކުރާ ފައިސާއެއް ނުހިމެނެ އެވެ.