މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް މަޖިލީހުން ނޯޓިސް ދީފި
މިހާރު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 2:48
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް މާލީ ބަޔާން ހުށަހަޅަން 15 ދުވަހުގެ ނޯޓިހެއް ދީފި އެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީހަކީ އޮގަސްޓް 31 އެވެ. އެ ތާރީހު ފަހަނައަޅައި ދިޔަ އިރު ވެސް ބަޔާން ހުށަނާޅުއްވައި ފަސް މެންބަރަކު އެބަތިއްބެވި އެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން އަދި އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މާން އަސްއަދު "މިހާރު" އަށް ވިދާޅުވީ އެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހެޅުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން 15 ދުވަހުގެ ނޯޓިހެއް އަމީން އާއްމު މިިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާ ކަަމަށެވެ.