ޗައިނާގެ ތިން ސިޓީއަށް މޯލްޑިވިއަނުން އަގު ހެޔޮ ދަތުރުތަކެއް

މިހާރު

5 ސެޕްޓެމްބަރު 2025 | ހުކުރު | 10:07

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތައް އޮޕަރޭޓުކުރާ ޗައިނާގެ ތިން ސިޓީއަށް ވެސް ޓިކެޓު އަގޮހެޔޮކޮށް، ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޗައިނާގެ ބެއިޖިން އާއި ޗެންގްޑޫ އަދި ޝަންހާނީ އަށް މި ޕްރޮމޯޝަންގައި އަގު ހެޔޮކޮށް ޓިކެޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ 28 އޮކްޓޯބަރުން 15 ނޮވެމްބަރުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި މާލޭން މި ތިން ސިޓީއަށް ދަތުރުކުރާއިރު، ދެކޮޅު ޓިކެޓު 499 ޑޮލަރަށް ލިބޭނެ އެވެ.

މައުޟޫޢުތަށް