ރިސޯޓުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

މިހާރު

5 ސެޕްޓެމްބަރު 2025 | ހުކުރު | 5:15

ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ އޮޓޮޕްސީ ހެދުމަށް ފަހު، ހަށިގަނޑު ރާއްޖެ ގެނެސް ރޭ ފަތިހު ވަޅުލައިފި އެވެ.

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަރުވެފައި އޮއްވާ ފެނުނީ ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދު، 21، އެވެ.

އޭނާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ މަހުގެ 23ގަ އެވެ. އެއާއެކު، އެ މަރު ތަހުގީގުކުރުމަށް ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ހަށިގަނޑު ފޮނުވާލި އެވެ.

މައުޟޫޢުތަށް