އަންހެނުންގެ ކޮމިޓީއަށް ދޭ ބަޖެޓް ބޮޑުކުރަން ނިންމައިފި
މިހާރު
5 ސެޕްޓެމްބަރު 2025 | ހުކުރު | 11:59
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަަކަށް މިހާރު ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ އަންނަ އަހަަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން އަންހެނުންގެ ކޮމިޓީއާ ގުޅޭ މުހިއްމު ދެ ބަދަލެއް ގެންނަވާނެ ކަމަށެވެ.
އެގޮތުން ގެންނަން ނިންމެވި އެއް ބަދަލަކީ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީއަށް ދޭންޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް 10 ޕަސެންޓަށް ބޮޑުކުރުމެވެ.