ފޭސްބުކް ގޮވައިގެން މާކް ޒަކަބާގް ކޯޓަށް، މިއީ އެހެން ޒަކަބާގެއް!

މިހާރު

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:03

ފޭސްބުކް ޕްރޮފައިލް ހަދާ ކޮންމެ ފަހަރަކު އެކައުންޓް ސަސްޕެންޑްކުރާތީ، އެމެރިކާގެ ގާނޫނީ ވަކީލެއް ކަމަށްވާ މާކް ޒަކަބާގް ފޭސްބުކް ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.

ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގާ ނަން އެއްގޮތް، މާކް އެސް ޒަކަބާގް ބުނީ އޭނާގެ އެކައުންޓް އަށް އަހަރު ތެރޭ ފަސް ފަހަރަށް ސަސްޕެންޑްކޮށްފި ކަމަށާއި ކޮންމެ ފަހަރަކު އެ ފިޔަވަޅު އަޅަނީ "ސެލެބްރިޓީއެއްގެ ނަމުގައި އެކައުންޓް ހަދާތީ" ކަމަށް ބުނެފައި ކަމަށެވެ.

އިންޑިއާނާގެ ބޭންކްރަޕްސީ އެޓާނީއެއް ކަމަށްވާ ޒަކަބާގްގެ ދައުވާގައި ބުނެފައިވަނީ އޭނާ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާތާ 38 އަހަރު ވެއްޖެ ކަމަށާއި އޭނާ މަސައްކަތް ފެށި އިރު، މިހާރު ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ ފޭސްބުކްގެ ވެރިޔާ ޒަކަބާގަކީ ފިރުކިފައި އުޅޭ ވަރުގެ ތުއްތު ކުއްޖެއް ކަމަށެވެ.

މައުޟޫޢުތަށް