ނޭޕާލްގައި ފޭސްބުކް، އެކްސް އަދި ވަޓްސްއެޕް ފަދަ ހުރިހާ ޕްލެޓްފޯމެއް މަނާކޮށްފި
މިހާރު
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:37
ސޯޝަލް މީޑިއާގެ މަޝްހޫރު ހުރިހާ ޕްލެޓްފޯމެއް ނޭޕާލްގައި މަނާކޮށްފި އެވެ.
ފޭސްބުކް، އެކްސް، ޔޫޓިއުބް، އިންސްޓަގްރާމް، ޓިކްޓޮކް، ލިންކްޑްއިން، ރެޑިޓް އަދި ވަޓްސްއެޕް ހިމެނޭހެން 26 ޕްލެޓްފޯމެއް ބްލޮކްކުރުމަށް މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަށް ސަރުކާރުން އަންގައިފަ އެވެ.
މިގޮތަށް އެންގީ މި ޕްލެޓްފޯމްތައް ހަތް ދުވަސް ތެރޭ ސަރުކާރުގައި ރަޖިސްޓްރީކުރުމަށް އެންގި އެންގުމަށް އެއްވެސް ކުންފުންޏަކުން ތަބާނުވުމުން ކަމަށް ސަރުކާރުން ބުންޏެވެ.