ދުނިޔެ ސާފުކުރުމުގެ ދުވަސް: ބޮޑު ހަރަކާތް މިފަހަރު ކަމަދޫގައި!

މިހާރު

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 7:05

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ބޮޑު ހަރަކާތް މިފަހަރު ބ. ކަމަދޫގައި ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

މި ހަރަކާތް އިންތިޒާމުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ލެޓްސް ޑޫ އިޓްގެ ރާއްޖޭގެ ގޮފިން ބުނީ "ވޯލްޑް ކްލީން-އަޕް ޑޭ 2025" ނުވަތަ "ދުނިޔެ ސާފުކުރުމުގެ ދުވަހު"ގެ ރަސްމީ ހަރަކާތް ރާއްޖޭގައި މިފަހަރު ބާއްވަން ނިންމާފައި ވަނީ ކަމަދޫގައި ކަމަށެވެ. ނަމަވެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ހޭލުންތެރިކޮށް، ތިމާވެށި ސާފުކޮށް ބެލެހެއްޓުމަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ އެ ހަރަކާތް ދުނިޔޭގެ އެކި ގައުމުތަކުގައި އެ ދުވަހު ކުރިއަށް ގެންދާނެ އެވެ.

މައުޟޫޢުތަށް