އޮރެންޖާއި އާފަލުގެ ބޮޑު އަގު ޑޮލަރުގެ މައްސަލައާ ގުޅެނީ ކިހާވަރަކަށް؟

މިހާރު

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:05

މޭވާގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނައިން ވިކޭ އެއް ބާވަތް ކަމަށްވާ އާފަލަށް އޮންނަ، ބަދަލެއް ނާންނަ ޑިމާންޑާ އެކުގައި ވެސް އިހަކަށް ދުވަހާ ޖެހެންދެން އަގު ހެޔޮ ބާވަތްތަކެވެ. ސަޕްލައި އިތުރުވުމުގެ ސަބަބުން ބައެއް ފަހަރު އަގު ވެއްޓޭ ފަހަރު ވެސް ކުރިން އާދެ އެވެ.

ނަމަވެސް މޭވާ އާއި ތަރުކާރީގެ އަގު ޖުމްލަ ގޮތެއްގައި ބޮޑުވާން ފެށުމާ އެކު އެންމެ އަގުބޮޑުވީ އޮރެންޖާއި އާފަލެވެ. މިކަމުގެ ސަބަބު އެންމެ ފަސޭހައިން ގުޅުވާލަނީ ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމާ އެވެ.

ކަންމަތީ ފިހާރަ ސޭޓުން ވެސް ބުނަނީ ތަކެތީގެ އަގު ބޮޑުވެފައި ވަނީ ޑޮލަރުގެ އަގު ބޮޑުވުމުން ކަމަށެވެ. ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މީހުން ވެސް ބުނަނީ އެހެންނެވެ.

މައުޟޫޢުތަށް