ދިރާގު މޯލްޑިވްސް އޯޕަން ބެޑްމިންޓަން މުބާރާތުގެ އޯޕަން ޗެމްޕިއަންކަން ނިބާލް އާއި ނަބީހާ އަށް

މިހާރު

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:51

އިއްޔެ ނިމުނު "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ އޯޕަން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ނިބާލް އަހުމަދު އަދި އައިމިނަތު ނަބީހާ (ނަބީ) ހޯދައިފި އެވެ.

ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ނިބާލް ހޯދީ، އިއްޔެގެ ފައިނަލްގައި ޒަޔާން ޒަކީ އާ ވާދަކޮށް ސީދާ ދެ ސެޓުން، 21-19، 21-13 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ފިރިހެން ސިންގަލސްގެ ތިންވަނަ ހޯދީ ހަސަން ޒަޔާން މުހައްމަދާއި ހައިޝަމް އިބްރާހިމް އަލީ އެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ނަބީ ހޯދީ ފައިނަލްގައި ފާތިމަތު ނަބާހާ (ނަބާ) އާ ވާދަކޮށެވެ. ފުރަތަމަ ސެޓު 10-4 އިން ނަބީ ލީޑު ކުރަނިކޮށް، ނަބާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް މެޗު އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. މި ބައިން ތިންވަނަ ހޯދީ ޝުބާ މުހައްމަދު ޝަރީފް އެވެ.

މައުޟޫޢުތަށް