މީހުން ބަރަހަނާކޮށް، ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
މިހާރު
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:09
ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ މީހުންނަށް ބަޔަކަށް ބިރު ދައްކައި، އަދި ބަރަހާނަކޮށް އަދި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހު 31 ގައި ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ 1 ގައި ހުންނަ އެޕާޓްމަންޓަކަށް އެ މީހާ ގެންދިޔައީ ފޭސްބުކް މެސެންޖާއިން އޭނާއާ ވާހަކަ ދައްކައި، އޭނާގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރު ދައްކައިގެން ކަމަށް ފުލުހުން ބުންޏެވެ.